Feeds:
Posts
Comments

ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯރޓްގެ މަސައްކަތް އަމަލީގޮތުން އިއްޔެ ފަށައިފިއެވެ.މިގޮތުން އިއްޔެ ފައްޓަވާފައިވަނީ ބިން ސާފުކުރުމުގެ މަސައްކަތެވެ.

އެއަރޕޯރޓް އެޅުމުގެ ޕްރޮޖެކްޓާއި ހަވާލުވެފައިވާ ޕްލެޓީނިއަމް ހޯލްޑިންގްސް އިން މައުލޫމާތު ދޭގޮތުގައި ބިން ސާފް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފުވައްމުލަކުގެ ކުންފުނިން މަސައްކަތް ޑިސެމްބަރ މަހުގެ ކުރިން ނިންމާނެއެވެ،

ބިން ސާފްކޮށް ނިމުނުހާ އަވަހަކަށް  އެއަރޕޯރޓް އެޅުމުގެ މަސައްކަތް މި ޕްރޮޖެކްޓްގެ މެއިން ކޮންޓްރެކްޓަރ އައިމާ ކޮންސްޓްރަކްޝަންސް އިން ފަށާނެއެވެ.

އައިމާ އިން މައުލޫމާތު ދޭ ގޮތުގައި މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިޔަށް ގެންދެވިއްޖެނަމަ އަންނަ އަހަރުގެ ޖޫންމަހު އެއރޕޯރޓްގެ މަސައްކަތް ނިމި އެއަރޕޯރޓް ބޭނުން ކުރަން ފެށޭނެއެވެ.

ފުވައްމުލަކު އެއރޕޯރޓްގައި ޖެއްސޭނެ އެންމެ ބޮޑު ސައިޒްގެ މަތިންދާ ބޯޓަކީ 38 މީހުންގެ ޖާގައިގެ ޑޭޝް 8 ކަމަށް ސިވިލްއޭވިއޭޝަނުން ވަނީ ހާމަ ކުރައްވާފައެވެ.

މިއެއަރޕޯރޓަކީ ފުވައްމުލަކު ރައްޔިތުންގެ ވިންދާއި ގުޅިފައިވާ ކަމެއްކަމުން މި މަސައްކތަށް ފުވައްމުލަކު ރައްޔިތުންގެ ފުރިހމަ ތާއީދު ލިބެއެވެ

އިސްތިހާރު

ދިރާގުން އަނެއްކާވެސް ފާޑެއްގެ ޕްރޮގްރާމެއް ފަށައިގެން ރާއްޖޭގެ ރައްޔިތުން ފެލަނީއެވެ.

އެގޮތުން މިފަހަރު ކެމްޕޭން ޖައްސައިގެން އުޅެނީ ފާޑެއްގެ މޮޑަމެއް ގެނެސްގެން އެ ވިއްކުމުގައެވެ،މި ބުނާ މޮޑަމް ވިއްކަނީ  ދިރާގު ޓަޗް ނެޓް ގެ ނަމުގައެވެ.މީގެ ފެންވަރަކީ ދޫނިދޫ އަށްވެސް ރަގަޅަށް  ސިގުނަލެއް ނުލިބޭކަމެވެ.

ދިރާގުން މި ގޮތަށް އެތަށް ފަހަރަކު ދިވެހި ރައްޔިތުން ފެލާ ނިކަމެތި ކޮއްފިއެވެ.ދިރާގަށް މިހާރު އެހާ ފަސޭހައިން ދިވެހި ރައްޔިތުން ނުފެލެނީ މިތާގައި ވަތަނިއްޔާ މި ޚިދުމަށްތައް ދޭތީއެވެ.

ވަތަނިއްޔާ އިން 3ޖީ މޮބައިލް ބްރޯޑްބޭންޑް ޚިދުމަށް ދޭން ފެށުމުން ދިރާގަށް އެކަން ހަޖަމު ނުކުރެވިގެން ފާޑެއްގެ 3ޖީ މޮޑަމެއް ނެރެގެން ދިވެހިންގެ ބޮލަށް ސަވާރުވަނީއެވެ.

ދިރާގު 3ޖީ ގެ ފެންވަރަކީ ރަގަޅަށް ކ.ދޫނިދޫ އަކަށް ވެސް ސިގްނަލެއް ނުލިބެއެވެ.އަނެއްކާ 3ޖީ ސިގްނަލް ލިބޭ ހިސާބުން ވެސް ސިގްނަލް ކެޑޭވަރުން ނެޓް ބޭނުމެއްނުކުރެވެއެވެ.

މިގޮތަށް ހެދުމުން ރިކަނެކްޓް ވާ ކޮންމެ ފަހަރަކު ފްރީ ޖީބީ ކޮޅުކާލައެވެ.ނުވިތާކަށް ފްރީ ޖީބީ ކޮޅު ކާލާލެއް އެސްފިޔަ ޖަހާލާހާ އަވަހެވެ.

ދިރާގު ވަރަށް ފޭކެވެ.އެހާމެ އަގު ބޮޑެވެ.އޮޅުވާލަނީ އެހާވަރަށެވެ.

ދިރާގު ކިތަންމެ ވަރެއްވިޔަކަސް ވަތަނިއްޔާ އުޅެނީ އަދި އުޅޭނީވެސް މާކުރީގައެވެ.ވތަނިއްޔާ އިން ރައްޔިތުންނަށް ދޭ ޚިދުމަށްތަށް ރަގަޅުވެފައި އެހާމެ އަގު ހެވެވެ.ރައްޔިތުން ނުފެލައެވެ.މަކަރެއް ނަހަދައެވެ ދިރަގަކަށް ދިވެހީންގެ ތާއީދެއް ނެތެވެ.

އަޅުގަނޑުމެންގެ މިސައްތައިންސައްތަ މުސްލިމު ދިވެހި ގައުމުގައި އަޅުގަނޑުމެން ދެކެން ބޭނުން ނުވާ ކިތަންމެ ކިތަންމެ މަންޒަރު ތަކެއް މިހާރު ދަނީ ފެންނަމުންނެވ.

އެގޮތުން މަސާޖްޕާލާތަށްވެސް އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހި ގައުމުގައި ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.

މިއީ ވަރަށްވެސް ހިތާމަ ހުރިކަމެކެވެ.މަސާޖްފާލާތަކުގެ ނަމުގައި ބޮޑެތި ޒިނޭޚާނާތަށް ހުޅުވައިގެން ބަޔަކު މީހުންދަނީ ބޮޑެތި ފައިދާތަށް ނަގަމުންނެވެ.

ރާއްޖެއިން ބޭރުން އެފަދަ ޒިނޭޚާނާތަކުގައި މަސައްކަށް  ކުރާ ކުދިން ގެނެސްގެން ފުޅާދާއިރާއެއްގައި ދަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރުވަމުންނެވެ.

ދާދި ފަހުންވެސް ފުލުހުން ވަނީ މިފަދަ ކިތަންމެ ތަނެއް ހޯދާ ބަންދުކުރުވާފައެވެ.

ލޮބުވެތި ދިވެހި ދަރީންނެވެ، މިފަދަ ގިނަ ތަންތަނުގައި އުޅެނީ ބޮޑެތި ރަންޑީންނެވެ.އެމީހުންގެ ގައިގައި ކޮންމެފަދަ ބައްޔެއްވެސް ހުރެދާނެއެވެ.އެހެންކަމުން އެފަދަ ތަންތަނަށް ނުގޮސް އުޅުން ރަގަޅުކުރާށެވެ.

މަސާޖްޕާލާތަކަށް ދާ މީހުން ބުނާގޮތުން އެމީހުން އަތުން ބޮޑެތި ޚަރަދުތަށް ދެއެވެ.އެތަނަށް ވަދެވާ ގަޑިތަކަށް އެތަށް ސަތޭކަ ރުފިޔާއެއް ތަނަށް ދޭންޖެއެވެ.މީގެ އިތުރުން އެތަނުގައި މަސާޖްކުރަންތިބޭ ކުދިން ބޮޑެތި އަގުނަގައިގެން ހަށިވިއްކުމުގެ ވިޔަފާރި ކޮށްދެއެވެ.

ބިޔުޓީ ޕާލާ ނުވަތަ މަސާޖްފާލާގެ ނަމުގައި އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑުގައި އަޅުގަނޑުމެންގެ ދިވެހި ދަރީން ހިންގަމުން މިދަނީ ކޮންފަދަ ނުބައި  ފާހިޝް އަމަލުތަށް ހިންގާތަނެއްތޯއެވެ.

މަސާޖްކޮށްދެނީ އޭ ކިޔާފައި ތަނުގެ ތެރޭގައި ކުރަނީ މުޅީން އެހެން މަސާޖެކެވެ.ޔޫސޭގެ ބަހުންނަމަ އާދެ ލިޓިލްވަން މަސާޖެވެ.ހެހެ އާދެ މިތަންތަނުގައި ކުރަނީ ހަށިވިއްކުމުގެ ފުޅާ ނުބައި ވިޔަފާރިއެވެ.

ދިވެހި ފުލުންނާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިފަދަ ތަންތަން ހަމަ މިހާރުން މިހާރަށް ބަންދުކޮށް ދިނުމަށް އެދި ގޮވާލަމެވެ.

ދިގު އިންތިޒާރަކަށް ފަހު އަޅުގަނޑުމެން ކުރަމުން އައި އުންމީދުތަށް ހަގީގަތަކަށް ވީކަމަށް ހީކޮށް ވަރަށް އުފާކުރީމެވެ. ނަމަވެސް ކަންތަށްތަށް ދިޔައީ އުންމީދުކުރި ގޮތާ މުޅީން ޚިލާފަށެވެ.

އަޅުގަނޑުމެން ހީކުރީ  30 އަހަރުގެ ވެރިކަން ނިމި އައު ވެރިކަމެއް އައުމުން މިހާރު ވެރިކަން ކުޜާ މީހުންގެ މައިގަނޑު ފަސްވަޢުދު އެމީހުން ފުއްދާދޭނެކަމަށެވެ.ނަމަވެސް ކަންތަށް ވެގެންދިޔައީ އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނަށް އެތަށް އަނިޔާއެއް ލިބި ބަރުދާސްތު ނުކުރެވޭފަދަ ފުން ހިތާމަތަކެއް ލިބުމެވެ.

މިހާރުގެ ވެރިކަން ކުރަމުން އަންނަ ފަރާތުން ވެރިކަމާ ހަވާލުވެ މާގިނަ ދުވަހެއް ނުވެ ސަރުކާރު މުވައްޒިފުންގެ މުސާރަ އާއި ކުޅެން ފެށީއެވެ.ތަކެތީގެ އަގު ތިރިކުރުމުގެ ބަދަލުގައި ތަކެތީގެ އަގު ބޮޑުކުރީއެވެ.

މީގެ އިތުރުން ސިވިލްސާވަންޓުން ވަޒީފާއިން ވަކިކޮށް ހުސްކުރަނީއެވެ.މިހާރު ވަޒީފާގެ ބިރުބޮޑުކަން ހިތުތެރޭގައި އަބަދުވެސް ވެރިކަން ކުރަނީއެވެ.

ދިރިއުޅުމުގެ އަގުމަތިވެ،ތަކެތީގެ އގުބޮޑުވެ، ލިބޭކުޑަކުޑަ މުސާރައިން ސަރުކާރަށް އެތަށް ބައެއް އަޅަން ޖެހުމުން އަޅުގަނޑުމެން ނިކަމެތި ރައްޔިތުން މުޅީން ހާލުގައި ޖެހި މަގުމަތި ވެއްޖެއެވެ.ބައްޔެއް ވިޔަސް މިޙާރު ސަލާންޖަހަންޖެހޭ ގޮތް މާބޮޑުވެއްޖެއެވެ.އެތަށް އާއިލާއެއް ދަނީ ބަނޑުހައިހޫނުކަމާމެދު ހަނގުރާމަކުރަމުންނެވެ.

މިކަމުގައި ޒިންމާވާނެކޮންމެވެސް ފަރާތެއް ވާނެކަން ކަށަވަރެވެ.އެހެންކަމުން އެފަރާތަކުން މިކަމުގެ ފުރިހަމ ޒިންމާ އުފުލާ މިކަންތައްތަކަށް ރަގަޅު އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލަމެވެ..

ސިފައިން މިޤައުމަށާއި ރައްޔިތުންނަށްޓަކައި ރެޔާދުވާލު ކުރަމުންގެންދާ ބުރަ މަސައްކަތަށާއި، އުފުލަމުންދާ ޒިންމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުރީފް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ މަސައްކަތަށް ތަޢުރީފް ކުރައްވައި ވާހަކަފުޅު ދެއްކެވީ 2010 ވަނަ އަހަރުގެ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ޖުމްހޫރީމައިދާނުގައި ބޭއްވެވި ސިފައިންގެ އެންމެމަތީ ވެރިޔާ ސިފައިންގެ ފޯސް އަދި ފްލީޓް ރިވިއު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދައުލަތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ދިވެހި ސިފައިން އަދާކޮށްފައިވާ މުހިންމު ދައުރަށް ސާބަސް ރައްދުކުރެއްވިއެވެ. އަދި ރާއްޖެ ދެކެމުންމިދާ ޑިމޮކްރެޓިކް ބަދަލުތައް ރާއްޖެއަށް ގެނައުމުގައި، ސިފައިން އަދާ ކުރެއްވި މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމެއްގެ ޙަޔާތުގައި ސިފައިންގެ ދައުރުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، “ޤައުމީ ދިފާޢާއި، ޤައުމީ ސަލާމަތާއި، މަޞްލަޙަތު ދަމަހައްޓައި، ނަގަހައްޓައި، ޤައުމު ހަމަ މަގަށް ފައްތައި، ހިމުން ކުރުމުގައި ދިވެހި ސިފައިން އަދާކުރި، އަދާކުރަމުންދާ އަދި އަދާކުރަންޖެހޭ ދައުރު ވަރަށް މުހިންމު” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޤައުމީ މަޞްލަޙަތު ހުރިކަންކަމުގައި ސިޔާސީ ނުފޫޒާއި ވާދަވެރިކަމުން ދުރުހެލިވެ އެންމެން އެއްގޮތަކަށް ވިސްނައި، ވަކިފަރާތަކަށް ބެލުމެއްނެތި ޢަމަލު ކުރާނޭ ދައުލަތުގެ ބާރެއްގެ ގޮތުގައި ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ އަސްކަރިއްޔާއެއް އޮންނަނީ “ކަމަކާނުލައެއް ނޫން” ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ޒަމާނީ އަސްކަރިއްޔާއެއް ބިނާކުރުމުގެ ގޮތުން، މިހާރު ދިވެހި ސިފައިންވަނީ ލާމަރުކަޒުކުރެވި، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ބަހާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިފައިންގެ ޚިދުމަތް ލާމަރުކަޒުކުރުމުގެ ގޮތުން ރާއްޖެ ހަތަރު ސަރަޙައްދަކަށް ބަހާލައި އެހަތަރު ސަރަޙައްދުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.)ގެ ކޮމާންޑްތައް މިހާރު ވަނީ ޤާއިމު ކުރައްވާފައެވެ.

މީގެއިތުރުން، ޚިދްމަތަށް ފުރިހަމަކަން ގެނައުމަށްޓަކައި ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް ހޯދުމާއި، މީހުން ބިނާކުރުމާއި، ތަމްރީނު ކުރުމުގެ މަސައްކަތްތައް އެމް.އެން.ޑީ.އެފް.ގެ ފަރާތުން ކުރައްވަމުން ގެންދަވާ ކަމަށާއި، ކުރިމަގަށް އަމާޒުކުރެވޭ ހިންގުމުގެ ނިޒާމުތައް ސިފައިންގެ ވެރިން ގެންދަވަނީ ތަޢާރުފު ކުރައްވަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“އަޅުގަނޑަށް ފެންނަނީ ވަރަށް ހުނަރުވެރި ޤާބިލް އަސްކަރިއްޔާއެއް، އެކަށޭނަ ގޮތެއްގައި ރާއްޖެއަށް އުފަންވަމުން އަންނަ މަންޒަރު”، އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

ސިފައިންގެ އެންމެމަތީ ވެރިޔާގެ ފޯސް އަދި ފްލީޓް ރިވިއު އަކީ ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ތަރުތީބުކަން ހުރިމިންވަރު ދެނެގަތުމަށާއި، އިންސާނީ ވަސީލަތްތައް ޤާއިމްވެފައިވާ މިންވަރާއި، މަސްއޫލިއްޔަތު އުފުލުމުގެ ގޮތުން ތައްޔާރުވެފައިވާ ގޮތާއި ލަޝްކަރުގެ ސަފުތަކުގެ ބަދަހިކަން ދެނެގަތުމުގެ ގޮތުން ބޭއްވުނު ރިވިއުއެކެވެ. މިއީ މިފަދަގޮތަކަށް އެމް.އެން.ޑީ.އެފް.ގެ ފޯސް އަދި ފްލީޓް ރިވިއުއެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފް.ގެ މެރިންކޯއާއި ކޯސްޓްގާޑްގެ ސިފައިންނާއި އުޅަނދުފަހަރުތަކާއި ވަސީލަތްތައް ދައްކާލުން އޮތެވެ. އަދި އެމް.އެން.ޑީ.އެފް.ގެ ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި އެއަރ ވިންގއާއިފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އުޅަނދުތައް ދައްކާލުންވެސް އޮތެވެ. މީގެ އިތުރުން އެމް.އެން.ޑީ.އެފް.ގައި އަލަށް އުފެއްދެވި ސަރވިސް ކޯގެ ދިދަ، ރައީސުލްޖުމްހޫރިއްޔާ ސަރވިސް ކޯގެ ކޮމަޑާންޓާ ބްރިގޭޑިއަރ ޖެނެރަލްއަޙްމަދު ނިލާމާ ހަވާލުކޮށްދެއްވިއެވެ.